

ޝެރީ ފޮލޯ ކުރައްވާ

"ބޭނުންވަނީ ސިޔާސީ "ކެރިއާ"އެއް ބިނާކޮށް ސަރުކާރުން ޖާގަ ހޯދުމެއް ނޫން. އަޅުގަނޑުގެ ޢަމާޒަކީ ބޭރުމަތި ދާއިރާއަށާއި އައްޑޫއަށް ޚިދުމަތްކޮށް ނަތީޖާ ނެރެދިނުން.
ޕާޓީތަކުގެ ކޯޅުމުގެ ތެރެއިން، އަޅުގަނޑުމެން ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ވަނީ އަޅާނުލައި ދޫކޮށްލެވިފަ. މިއީ، ސިޔާސީ ބާރުވެރިކަމާމެދު ވިސްނުން ހުއްޓާލައި، އައްޑޫ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރަންވީ ވަގުތު."
ޝެރީނާ ޞާލިޙް (ޝެރީ)
އައްޑޫ ހިތަދޫ ބޭރުމަތީ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް
ޝެރީނާ ޞާލިޙް (ޝެރީ) އަކީ އައްޑޫއަށް އުފަން އައްޑޫގެ ރައްޔިތެއް، މައެއް، އަދި މުޖްތަމަޢަށް ޚިދުމަތްކުރުމުގައި ހީވާގި ކަނބަލެކެވެ. ޝެރީ ޤަބޫލުކުރާ ގޮތުގައި ލީޑަރޝިޕަކީ ހިންގުންތެރިކަމެވެ. ތަޢުލީމީ ދާއިރާއާއި ވިޔަފާރީގެ ދާއިރާއިން ޝެރީ ހޯދާފައިވާ ކުރިއެރުންތަކަށް ބެލިކަމުގައި ވިޔަސް، ޝެރީއަކީ ދުރުގައި ބަލަން ހުރުމުގެ ބަދަލުގައި ކުރީ ސަފަށް ނުކުމެ މަސައްކަތްކުރާނެ ކަނބަލެއްކަން ހާމަވެއެވެ. އޭނާ ގަބޫލުކުރަނީ ޢަމަލީ ގޮތުން މަސައްކަތް ކުރުމާއި، ނަތީޖާ ޙާޞިލުކުރުމެވެ.
ޝެރީގެ އަމާޒަކަށްވީ ހަމައެކަނި ސަނަދެއް ހޯދައި އޮފީސް ވަޒީފާއަކަށް ނުކުތުމަކަށް ނޫނެވެ. އޭގެ ބަދަލުގައި ޝެރީ ބޭނުންވީ ކަންކަން ހިންގުމުގައާއި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ ހޯދުމަށެވެ.
ތަޢުލީމު ޙާޞިލްކުރުމަށް ޝެރީ ޢަޒުމް ކަނޑައެޅީ ސާފު ތަޞައްވުރަކާއި މާލީ ރޭވުންތެރިކަމާއެކުއެވެ. އެގޮތުން ޙާޟިލްކުރި ތަޢުލީމާއި ލިބިފައިވާ ތަޖުރިބާގެ އަލީގައި މިއަދު އޭނާ އައްޑޫގެ ބޭރުމަތި ދާއިރާގެ ރައްޔިތުންނަށް ހުށަހަޅަނީ ހަރުދަނާ ލީޑަރޝިޕެކެވެ.
އަމިއްލަ ވިޔަފާރިތައް ފަށައި އެ ދާއިރާގައި ޝެރީ ހޯދާފައިވާ ކުރިއެރުމަކީ އޭނާގެ ހިތްވަރާއި، ލިބިފައިވާ ތަޢުލީމުގެ ބޭނުންކޮށްގެން އަމިއްލައަށް ކަންކަން ޙާޞިލުކުރުމުގެ ޤާބިލުކަން ހުރި ކަމުގެ ހެއްކެކެވެ.

ކޭކް ޑިޒައިނަރ / ކޭކް ޑެކަރޭޓަރ
2020 އިން ފެށިގެން
ގްރޯތް އެންޑް ވެންޗަރ ސްޓްރެޓެޖީ
2023 އިން ފެށިގެން

އޮންލައިން ކްލޯތިންގ ސްޓޯރ
2016 އިން 2018 އަށް
ވިޔަފާރީގެ ދާއިރާއިން ޝެރީ ހޯދާފައިވާ ތަޖުރިބާތަކުން ފެނިގެންދަނީ، އޭނާގެ މަސައްކަތްތަކަކީ ހަމައެކަނި ކާމިޔާބީއެއް ނޫންކަމެވެ، އެއީ ދެމެހެއްޓެނިވި އަދި އެހެން މީހުންނަށް އޭގެ ފައިދާކުރާނެ ފަދަ މަސައްކަތްތަކެއް ކަމެވެ. ޝެރީ އަބަދުވެސް މަސައްކަތްކުރަނީ އާ ހަރުފަތަކަށް ވާޞިލުވެ، އުނދަގޫ ގޮންޖެހުންތައް ސާފު ކާމިޔާބީތަކަކަށް ބަދަލުކުރުމަށެވެ.
ހިތަދޫ ބޭރުމަތީގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ޝެރީގެ ތަޞައްވުރަކީ، އައްޑޫ ސިޓީގެ ކައުންސިލަކީ ދެފުށް ފެންނަ، ހަރުދަނާ ނިޒާމެއްގެ ދަށުން ހިނގާ އިދާރާއަކަށް ހެދުމެވެ. އަދި ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ އަލީގައި ކައުންސިލްގެ ހިންގުން ހަރުދަނާކޮށް، އައްޑޫގެ ރައްޔިތުންނަށް ކައުންސިލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ޝެރީގެ ޢަމާޒެވެ.





